އަލްފާޟިލާ ޖަމްޝީދާ އަޙްމަދު
ދިވެހިގެ/ޏ.ފުވައްމުލައް

               ޖަމްޝީދާ އަޙްމަދަކީ، ފިލްމާއި ތަމްސީލު ކުޅުއްވުމާއި، ލަވަޔަށް އެކްޓް ކުރެއްވުމުގެ އިތުރަށް އިޝްތިހާރުވެސް ކުޅުއްވަމުން ގެންދަވާ ބޭފުޅެކެވެ. ޖަމްޝީދާ ފިލްމީ ދާއިރާއަށް ވެދެވަޑައިގަތީ 1996 ވަނަ އަހަރުއެވެ. ފުރަތަމަ ފިލްމަކީ، "ލޯބީގެ އަނިޔާ" އެވެ. ޖަމްޝީދާ މިހާތަނަށް 16 ފިލްމާއި 7 ޑްރާމާ ކުޅުއްވާފައިވެއެވެ. އަދި 60 އަށްވުރެ ގިނަ ވީޑިއޯ ލަވަައަށް އެކްޓް ކުރައްވައި، 22 އަށްވުރެ ގިނަ އިޝްތިހާރު ކުޅުއްވާފައިވެއެވެ. މާލެއާއި އަތޮޅުތަކުގައި ޝޯތައްވެސް ދެއްވަމުން ގެންދަވާފައިވެއެވެ. މިގޮތުން މިހާތަނަށް 17 ޝޯ ދެއްވާފައިވެއެވެ.

               ފިލްމުތަކުގެ ތެރެއިން "އަމާނާތް"، "ފަހުނޭވާ"، "އުމުރަށް"، "ނާއުންމީދު"، "ދެހާސްވަނަ އުފަންދުވަސް" ފާހަގަކޮށްލެވެއެވެ. ޑްރާމާތަކުގެ ތެރެއިން ފާހަގަކޮށްލެވެނީ "ކުޅޭބޭބެ"، "އުހުނތަކުރާ"، "އައިޝާ"، "ދޯޕައްޓާ"، "އެދުވަސް އެނބުރިއަންނާނެނަމަަ" މި ޑްރާމާތަކެވެ.

               މި ރޮނގުން ޖަމްޝީދާ އަޙްމަދަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރެއިން "އާފަތިސް ފިލްމީ އިނާމު 1998" އިން އެންމެމޮޅު އެކްޓްރެސްގެ މަގާމު ލިބިވަޑައިގެންފައިވާކަން ފާހަގަކޮށްލެވެއެވެ.