ޓީ.އީ.ޕީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރުމުގެ މަސައްކަތް ފެށީ، 1995 ވަނަ އަހަރުއެވެ. މި ކުންފުނިން، މިހާތަނަށް 32 ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާފައިވެއެވެ. މީގެތެރޭަގައި، ސަރުކާރުގެ 12 ޕްރޮޖެކްޓެއްގެ މަސައްކަތާއި، އަމިއްލަ ފަރާތްތަކުގެ 10 ބުރީގެ ދެ އިމާރާތެއްގެ މަސައްކަތާއި، ދެ ރިޒޯޓެއްގެ މަސައްކަތާއި، ވިލިނގިލީ އަވަށުގައި އިމާރާތް ކޮށްފައިވާ "މަސްޖިދުލް އިޚްލާޞް"ގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. މިހާރުވެސް 12 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުންފުނިން ކުރަމުން އެބަގެންދެއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން، ތިން ޕްރޮޖެކްޓެއްގެ މަސައްކަތްވެސް ފަށަން ތައްޔާރުވެފައި ވެއެވެ.
އިމާރާތްކުރުމުގެ މަސައްކަތް އިތުރަށް ތަރައްޤީ ކުރުމުގެ ގޮތުން، 2001 ވަނަ އަހަރުން ފެށިގެން، ހާޑްވެއަރގެ ވިޔަފާރިވެސް މި ކުންފުނިން ކުރަމުން ގެންދެއެވެ.
މި ކުންފުނީގެ ހިއްސާދާރުންނަކީ، ހ. އުނިކުރި އަލްފާޟިލް ޢަލިމަނިކާއި، ކ. ދިއްފުށީ އަލިދުއްފަރުގޭ އަލްފާޟިލާ ރާބިޢާ ސަޢުދެވެ.