ސީވިއު އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް
[ސީވިއު އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް] މި ކުންފުންޏަކީ ދިރޭ ފަރުމަހާއި، ފިނިކުރި ފަރުމަސް، ރާއްޖެއިން އެކްސްޕޯޓް ކުރަމުންގެންދާ ކުންފުންޏެކެވެ. މި ކުންފުނިން މި މަސަައްކަތް ފެށީ، 1997 ގައެވެ. ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި މި ކުންފުނިން ފާހަގަކޮށްލެވޭފަދަ ފެންވަރެއްގައި މި މަސައްކަތް ކޮށް، ރަނގަޅު އާމްދަނީއެއް ކުންފުންޏަށް ލިބިފައިވެއެވެ. އަދި ވޭތުވެދިޔަ 3 އަހަރުގެތެރޭގައި، 74 މިލިޔަން ރުފިޔާގެ މަސް، މި ކުންފުނިން އެކްސްޕޯޓް ކޮށްފައި ވެއެވެ.
މި ކުންފުނީގެ ހިއްސާދާރުންނަކީ، ޅ. ހިންނަވަރު ހިޔާވަހި އަލްފާޟިލް މުޙަންމަދު މާހިރު ޢީސާ އާއި، ޅ. ހިންނަވަރު ފަރިވާގޭ އަލްފާޟިލް އާދަމް ޙުސައިނެވެ.