އަލްފާޟިލް އަމްޖަދު އިބްރާހީމްދީދީ
ހ.ހިރަފުސްގެ

އަމްޖަދަކީ، ފިލްމާއި، ޑްރާމާއާއި، ލަވައާއި، އިޝްތިހާރު އުފައްދަވައި ޑައިރެކްޓް ކުރައްވާ ބޭފުޅެކެވެ. އަމްޖަދު މި މަސައްކަތް ފެށްޓެވީ 1993 ވަނަ އަހަރުއެވެ. އަމްޖަދު ހައްދަވާފައިވާ ފިލްމުތަކުގެ ތެރޭގައި ބޮޑެތި މީހުންނަށް އުފައްދަވާފައިވާ ފިލްމުތަކާއި، ޚާއްޞަކޮށް ކުޑަކުދިންނަށް އުފައްދަވާފައިވާ ފިލްމުތައް ހިމެނެއެވެ. އަމްޖަދު އެންމެ ފުރަތަމަ ޑައިރެކްޓް ކުރެއްވީ އެން.އެސް.އެސް. އިން ގެނެސްދިން "މާބުރުގެ އުސޫލު" މި ޑްރާމާއެވެ. މި ޑްރާމާގެ ވާހަކަވެސް ލިޔުއްވީ އަމްޖަދެވެ. މިގޮތުން މިހާތަނަށް ބޮޑެތި މީހުންނަށް 14 ފިލްމާއި، ކުޑަކުދިންގެ 6 ފިލްމު އުފައްދަވާފައިވެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޚާއްޞަކޮށްގެން އުފައްދަވާފައިވާ ޑްރާމާތައްވެސް ހިމެނެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ކުޑަކުދިންނަށް ޚާއްޞަކުރެވިގެން އުފެއްދެވި ފިލްމުވެސް ހައްދަވާފައިވަނީ އަމްޖަދެވެ. އަމްޖަދު ވަނީ 70 ވީޑިއޯ ލަވަ އުފައްދަވައި ޑައިރެކްޓް ކުރައްވާފައެވެ.