ޓެކްޓޯން ޑިޒައިން އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް

މި ކުންފުންޏަކީ، 1988 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އިމާރާތް ފަރުމާކުރުމާއި، އެންޖިނިއަރިންގގެ ދާއިރާއިން ރާއްޖޭގައި ފުރަތަމަ ރަޖިސްޓަރީކުރި  ކުންފުނިތަކުގެ ތެރޭގައި މި ކުންފުނި ހިމެނެއެވެ. މި ކުންފުނިން ރާއްޖޭގައި އިމާރާތް ފަރުމާކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށް، ޢިމާރާތްކުރުމުގެ ތަފާތު ޚިދްމަތްތައް ދެއްވަމުން ގެންދަވައެވެ. މި ކުންފުނިން ފަރުމާކޮށްފައިވާ ތަންތާނގެ ތެރޭަގައި، މިސްކިތްތަކާއި، ޓޫރިސްޓް ރިޒޯޓްތަކާއި، ދިރިއުޅުމަށް ބޭނުންކުރާ ގޭގެއާއި، ވިޔަފާރިއަށް ބޭނުންކުރާ އިމާރާތްތަކާއި، އޮފީސް އިމާރާތްތައް ހިމެނެއެވެ.

މި ކުންފުނި އުފެއްދެވީ، އަލްމަރްޙޫމް މުޙައްމަދު ޤާސިމް (އާކިޓެކްޓް)އާއި، އަލްމަރްޙޫމް އަޙްމަދު ޝަރީފް (ޕްރޮޖެކްޓް މެނޭޖަރ/ޑްރާފްޓްސްމަން) އާއި، އަލްފާޟިލް އިބްރާހީމް ރަފީޤު (ސިވިލް އެންޖިނިއަރ)، އަދި އަލްފާޟިލް ޢަބްދުﷲ ޠަލާލް (އާކިޓެކްޓް) އެވެ. މި ކުންފުނީގެ މިހާރުގެ މަސްއޫލުވެރިންނަކީ، އަލްފާޟިލް އިބްރާހީމް ރަފީޤު (ސިވިލް އެންޖިނިއަރ) އާއި، އަލްފާޟީލް ޢަލީ ޝަރީފް (އާކިޓެކްޓް)، އަދި އަލްފާޟިލް އަޝްރަފް ޙަމީދު (ސިވިލް އެންޖިނިއަރ) އެވެ.