އަލްފާޟިލް ޝިއުތު ޙުސައިން
މ.ނާދިޔާ އިރުމަތީބައި

        ޝިއުތު ޙުސައިނަކީ، މަސްވެރިންނާއި، ދަތުރުވެރިންގެ ފަސޭހައަށް ސަރުކާރުން ޖައްސަވައިދެއްވަމުން ގެންދަވާ ދުރަށް އަލިފޮނުވައިދޭ ބައްތިތަކާއި، ނެރުބައްތިތައް ޖެހުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 12 މޭލު ދުރަށް އަލިފޮނުވައިދޭ 85 ބައްތީގެ (ލީކަންސް ބައްތި) ކޮންކްރީޓް ބުޑުއަޅައި، ޓަވަރު ރާވައި، ބައްތިތައް ހަރުކުރައްވައި، ބައްތީގެ ޕޮޒިޝަން ނަންގަވައި، ދެމޭލު ދުރަށް އަލިފޮނުވައިދޭ 288 ބައްތީގެ (ރީފް މާކަރ) ބުޑުއަޅައި، ޓަވަރު ހަރުކުރައްވައި، ބައްތި ޖައްސަވައި ދެއްވާފައިވެއެވެ.

      މި ވޭތުވެދިޔަ 7 އަހަރުދުވަހުގެ ތެރޭގައި، މި ބައްތިތައް މަރާމާތުކޮށް ބަލަހައްޓަވާފައިވަނީވެސް ޝިއުތު ޙުސައިނެވެ. ޝިއުތު މިމަސައްކަތް ކުރައްވަނީ، މިކަމުގައި އަމިއްލަ ޝައުޤުވެރިކަމެއް ބަހައްޓަވައިގެންނެވެ. މޫސުމަކަށް ބެއްލެވުމެއް ނެތިއެވެ. މިއީ ހިލޭސާބަހަށް ޝިއުތު ކޮށްދެއްވާ މަސައްކަތެވެ.