އަލްފާޟިލް ޙާމިދު އިސްމާޢީލް
އޯޝަންވިލާ/ރ.ކިނޮޅަސް

        ޙާމިދު އިސްމާޢީލަކީ، ދަތުރުފަތުރުގެ ވިޔަފާރިއާއި، ގެސްޓް ވިޔަފާރިއާއި، ލާންޗުފަހަރު ބަނދެ މަރާމާތު ކުރެއްވުމުގެ މަސައްކަތާއި، އެއަރލައިންގެ ޚިދްމަތް ދެއްވައި، ކޮންސްޓްރަކްޝަން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން، ދަތުރުފަތުރުގެ ވިޔަފާރި ކުރެއްވުމުގެ ގޮތުން، 1997 ވަނަ އަހަރުން ފެށިގެން، "ސްވެނިއަރސް މެރިން"ގެ ނަމުގައި ލާންޗުގެ ޚިދްމަތް ދެއްވަމުން ގެންދަވާފައިވެއެވެ. 1989 ވަނަ އަހަރުން ފެށިގެން "ސްވެނިއަރސް ޝޮޕް"ގެ ނަމުގައި ގެސްޓް ވިޔަފާރިކުރާ ފިހާރައެއް ހިންގަވައި، 2005 ވަނަ އަހަރުން ފެށިގެން "ބެޗް ކޮންސްޓްރަކްޝަން"ގެ ނަމުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރައްވަމުން ގެންދަވައެވެ. އަދި 2001 ވަނަ އަހަރުން ފެށިގެން "ގަލްފް ކްރާފްޓް ސަރވިސް]ގެ ނަމުގައި، ލާންޗުފަހަރު ބަނުމުގެ މަސައްކަތް ކުރައްވަމުން ގެންދެވުންވެސް ހިމެނެއެވެ.