އެކްސްޕޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

      1988 ވަނަ އަހަރު ސޯސަން ސްޓޯރުގެ ނަމުގައި ފެށި ވިޔަފާރިން އާންމުންގެ މަޤްބޫލުކަން ހޯދައި، ވިޔަފާރި އިތުރަށް ފުޅާކުރެއްވުމުގެ ގޮތުން އެކްސްޕޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދަވައި، އެ ކުންފުނިން 1995 ވަނަ އަހަރު ސޯސަން މާޓުގެ ނަމުގައި ފިހާރައެއް ހުޅުވާފައިވެއެވެ. އޭގެފަހުން 1999 ވަނަ އަހަރު، އެއްތަނަކުން ތަފާތު ގިނަ ވައްތަރުގެ މުދާ ގަންނަން ލިބޭގޮތަށް ސޯސަން ޕްލާޒާގެ ނަމުގައި އިތުރު ފިހާރައެއް ހުޅުވާފައިވެއެވެ. އަދި 2001 ގައި، ސޯސަން ފިހާރައިގެ ނަމުގައި ހޯލްސޭލްކުރާ ފިހާރައެއްވެސް މި ކުންފުނިން ހިންގަން ފަށާފައިވެއެވެ.

މި ކުންފުނީގެ މަސްއޫލުވެރިންނަކީ، ބ.އޭދަފުށީ ތަނޑިރަތްމާގޭ އަލްފާޟިލް މުޙައްމަދު ވަޙީދާއި، ބ.އޭދަފުށީ ވާދީ އަލްފާޟިލް މުޙައްމަދު ވަޙީދާއި، ބ.އޭދަފުށީ ފިނިހިޔާގޭ އަލްފާޟިލް ޢަބްދުލްޙަމީދު މުޙައްމަދާއި، ބ.އޭދަފުށީ ކުންނާރުގަސްދޮށުގޭ އަލްފާޟިލް ޢަބްދުﷲ ޙަމީދެވެ.