އަލްފާޟިލް ޢަލީ ވަޙީދު
އިނޮކްސަސް/ލ.މާމެންދޫ

      ޢަލީ ވަޙީދަކީ، ފައިބަރު ދޯނިފަހަރު ފަރުމާކުރެއްވުމާއި، ފައިބަރުން ދޯނިފަހަރު ބަނުމުގެ މަސައްކަތާއި މަރާމާތު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

      ޢަލީ ވަޙީދު މި މަސައްކަތް ފެށްޓެވީ އުމުރުން 15 އަހަރުގައެވެ. މިގޮތުން މިހާތަނަށް އެކިސައިޒުގެ 12 މަސްދޯނި ބަންނަވާފައިވެއެވެ. މީގެތެރޭގައި 75 ފޫޓާއި 108 ފޫޓާ ދެމެދުގެ ދޯނިފަހަރު ހިމެނެއެވެ. މި މަސައްކަތް ދަސްކުރުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލައްވައި، 25 މީހަކަށް ފައިބަރުމަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ.

        މީގެއިތުރުން، ޢަލީ ވަޙީދަކީ، ތެދުއުއި ވަޑާމާއި، ރޭނުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މި މަސައްކަތްތަކުގެ ތެރެއިން، ރަށުގައި ކުރެވޭ ރައްޔިތުންގެ ބައެއް މަސައްކަތްތައް ހިލޭސާބަހަށް، ޢަލީ ވަޙީދު ކޮށްދެއްވާފައިވެއެވެ.