އަލްފާޟިލް ޙުސައިން އަޙްމަދުމަނިކު
ފިނިފެންމާގެ/ ތ.ހިރިލަންދޫ

        ޙުސައިން އަޙްމަދުމަނިކަކީ، ކުރިން މަސްވެރިކަން ކުރައްވާފައިވާ މިހާރު މަސްވެރި އުޅަނދުފަހަރު، ލަކުޑިންނާއި، ފައިބަރުން ބަންނަވަމުން ގެންދަވާ ބޭފުޅެކެވެ.

        މިގޮތުން، ޙުސައިންމަނިކު ފުރަތަމަ މަސައްކަތް ފެށްޓެވިއިރު ބޮއްކުރައާއި، މަސްދޯނިފަހަރު ލަކުޑިން އަމިއްލައަށް ބަންނަވަން ފެށްޓެވި ހިސާބުން ފެށިގެން ޙުސައިންމަނިކުގެ މަސައްކަތް ތަޢާރަފުވެގެން ދިޔައެވެ. އޭގެފަހުން، މަސްދޯނިފަހަރު ފައިބަރުން ބަންނަން ފެށްޓެވިއެވެ. މިހާތަނަށް ފައިބަރުން 4 ދޯނި ބަނދެ، 6 ދޯނީގެ މަސައްކަތް މިހާރުވެސް ކުރައްވަމުން އެބަގެންދަވައެވެ. މީގެތެރޭގައި 73 ފޫޓާއި 98 ފޫޓާ ދެމެދުގެ ދޯނިފަހަރު ހިމެނެއެވެ. މިމަސައްކަތުގައި 42 މީހުން ގެންގުޅުއްވައެވެ. އަދި އަލަށް މަސައްކަތަށް ނުކުންނަ ކުދިންނަށް، ކިއްސަރުވަޑާމާއި، ފައިބަރުކުރަން ޙުސައިންމަނިކު ދަސްކޮށްދެއްވައެވެ. ޙުސައިންމަނިކު ވަނީ މިހާތަނަށް 95 މީހުންނަށް ފައިބަރު މަސައްކަތާބެހޭ މަޢްލޫމާތުދެއްވައި، 70 މީހުން ތަމްރީނު ކުރައްވާފައިވެއެވެ.