އަލްފާޟިލް ޙާމިދު މުޙައްމަދު
މ. އަސަރީހަދާން

ޙާމިދު މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ގްރީސަރކަމުގެ ވަޒީފާގައި 6 ނޮވެންބަރު 1989 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މޯލްޑިވްސް އިލެކްޓްރިސޓީ ބޯޑުގެ ޑްރައިވަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ސުޕަވައިޒަރ ކަމުގެ މަގާމާއި، ސްޓެލްކޯގެ ސުޕަވައިޒަރ ކަމުގެ މަގާމާއި، ސީނިއަރ ޓެކްނީޝަން ކަމުގެ މަގާމާއި، ސީނިއަރ ސުޕަވައިޒަރ ކަމުގެ މަގާމާއި، އެސިސްޓެންޓް އިންޖިނިއަރ ކަމުގެ މަގާމާއި، އިންޖިނިއަރ ކަމުގެ މަގާމާއި، ސަރވިސް އިންޖިނިއަރ ކަމުގެ މަގާމާއި، ސީނިއަރ ސަރވިސް އިންޖިނިއަރ ކަމުގެ މަގާމު އަދާކުރެއްވިއެވެ. މިހާރު އަދާކުރައްވަމުން ގެންދަވަނީ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ ކަމުގެ މަގާމެވެ.

ޙާމިދު މުޙައްމަދު، ވަޒީފާ އަދާކުރެއްވިއިރު، ސްޓެލްކޯގައި ޢާންމު ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޑިސްޓްރިބިއުޝަން ނެޓްވަރކްގެ މަސައްކަތްތަކާއި، މީޓަރ ޓެސްޓުކުރުމާއި، މީޓަރ ބޯޑު ބަދަލުކުރުމާއި، ވަޔަރ ޓެސްޓު ކުރުމާއި، ކަރަންޓް ކެނޑުމާ ގުޅިގެން ދިމާވާ މައްސަލަތައް ހައްލުކުރުމާއި، އަދި މިނޫންވެސް އިލެކްޓްރިކަލް ގޮތުން ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ވަނީ ކުރައްވައިފައެވެ.

ސްޓެލްކޯގެ އިންޖީނުތަކަށް ބޭނުންވާ ޑީސަލާއި އަޑީތެޔޮ ގުދަން ކުރުމާއި ޑިސްޓްރިބިއުޝަން މަރާމާތު ކުރުމާއި، އަޕްގްރޭޑް ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި، ޝިފްޓް ޑިއުޓީ ކުރުމާއި، ޑިއުޓީގައި ދިމާވާ މައްސަލަތައް ހައްލުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ފަދަ މަސައްކަތްތައްވެސް ޙާމިދު މުޙައްމަދު ކުރެއްވިއެވެ.