ފަސްޓް ސާރޖަންޓް ބުޝްރީ ޒާހިރު
ފަސްޓް ސާރޖަންޓް ބުޝްރީ ޒާހިރަކީ، 29 މޭ 1989 އިން ފެށިގެން މެދުނުކެނޑި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު، ދިވެހި ޢަސްކަރިއްޔާއަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. ސިފައިންގެ ޕްރައިވެޓެއްގެ ގޮތުގައި ޚިދުމަތްކުރައްވަން ފެށްޓެވުމަށްފަހު، ލާންސް ކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ސާރޖަންޓް ފަސްޓް ކްލާސްގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ ފަސްޓް ސާރޖަންޓްގެ ރޭންކްގައެވެ.
ފަސްޓް ސާރޖަންޓް ބުޝްރީ ޒާހިރު، މިލިޓަރީ އިންޖިނިއަރސް ސްޓޮކް އެންޑް ލޮޖިސްޓިކް ސަޕޯޓް ޑިޕާޓްމަންޓްގެ އޮފިސަރ އިންޗާޖުގެ އެހީތެރިޔާކަމާއި، ކުއިކް ރިއެކްޝަން ފޯސް 3ގެ ސެކްޝަން ކޮމާންޑަރކަން ކުރައްވައިފައިވެއެވެ. އަދި، ތަފާތު ދާއިރާތަކުން ގިނަ ތަމްރީނުތައް ވަނީ ފުރިހަމަ ކުރައްވައިފައެވެ.
ފަސްޓް ސާރޖަންޓް ބުޝްރީ ޒާހިރު، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 ކުލައާއި 9 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ތިން ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، ޖުމްހޫރީ 50ގެ މެޑެއްޔާއި، މިނިވަން 50ގެ މެޑެއްޔާއި، އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ހިމެނެއެވެ.
ފަސްޓް ސާރޖަންޓް ބުޝްރީ ޒާހިރަކީ، އެކި ދުވަސްވަރު ސިފައިންގެއިން ކޮށްފައިވާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭކަލެކެވެ.