އަލްފާޟިލް ޢަބްދުއްރަޙީމް އާދަމް
ހިތަށްފިނިވާގެ، ހއ. އުތީމު

ޢަބްދުއްރަޙީމް އާދަމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1 ޖަނަވަރީ 1984 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 40 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރގެ މަގާމާއި، ޕްރައިމަރީ ޓީޗަރގެ މަގާމާއި، މަދަރުސަތުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގެ ޕްރައިމަރީ ޓީޗަރގެ މަގާމާއި، ގްރެޖުއޭޓް ޓީޗަރގެ މަގާމާއި، ޓީޗަރެއްގެ މަގާމު އަދާކުރައްވައިފައިވެއެވެ. 1 ޖަނަވަރީ 2024 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އުތީމު ޣާޒީ ބަންޑާރައިން ސްކޫލްގެ ޓީޗަރގެ މަގާމުގައެވެ.

ޢަބްދުއްރަޙީމް އާދަމް، ސްކޫލްގައި މައިގަނޑުގޮތެއްގައި ކިޔަވައިދެއްވީ ޤުރްއާނާއި، އިސްލާމް މިދެމާއްދާއެވެ. އޭގެއިތުރުން ދިވެހި، ހިސާބު، އާޓް ގަޑިވެސް ނަންގަވައިދެއްވައިފައިވެއެވެ. އަދި ސްކޫލްގެ އިސްވެރިއެއް ނެތް ހާލަތްތަކުގައި ސްކޫލް ހިންގެވުމުގެ ޒިންމާވެސް ޢަބްދުއްރަޙީމް އާދަމް ވަނީ އަދާކުރައްވައިފައެވެ. ޚާއްޞަ މަސައްކަތެއްގެ ގޮތުން، 1999ވަނަ އަހަރު، އުތީމު ސްކޫލް ވަގުތީގޮތުން ހިންގެވުމާ 8 މަސްދުވަހުގެ މުއްދަތަށް ހަވާލުވެވަޑައިގެންނެވިއެވެ. މީގެއިތުރުން، އޮފީހުގައި އޭރު ގާއިމުކުރެވުނު ކޮމިޓީތަކުގެ މަސައްކަތްތައް ރާއްވަވައި ހިންގެވިއެވެ.

ޢަބްދުއްރަޙީމް އާދަމްއަކީ، ކިޔަވައިދެއްވުމުގެ އިތުރުން އޮފީހުގެ އިދާރީ މަސައްކަތްތަކާއި، އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން ދަރިވަރުންގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ޤުރްއާން ޕުރޮގުރާމުތަކާއި، ރޯދަމަހު ދަރިވަރުންނަށް ޚަތިމުކުރުމުގެ ޕްރޮގުރާމުތައް ހިންގެވިއެވެ. މީގެ އިތުރުން، ދަރިވަރުންނަށް ކުޅިވަރު ދަސްކޮށްދިނުމާއި، ސްކޫލްގައި އޮންނަ ހައުސްތަކާއި ސްޕޯޓްސް މީޓްސް ތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އަދި މި މަސައްކަތުގައި ބޮޑު ހިއްސާއެއް ވަނީ އަދާކުރައްވައިފައެވެ.

40 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއިރު، ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ޢަބްދުއްރަޙީމް އާދަމް ފާހަގަކުރެވިފައިވެއެވެ.