އަލްފާޟިލް ޢަލީ ޖައިޝަން ޢާމިރު
ހ. މާދޫވެހި
ބްރޫނާއީގެ ޔުނިވަރސިޓީ ބްރޫނާއީ ދާރުއްސަލާމުން 2024 ވަނަ އަހަރު މާސްޓަރ އޮފް މެނޭޖްމަންޓް ކޯސް ފުރިހަމަކުރައްވައި، އެންމެމަތީ ދަރަޖައިގައި ފާސްވެ، އެ ކޯހުން 1 ވަނަ ހޯއްދަވައި، [ޔުނިވަރސިޓީ ބުކް ޕްރައިޒް] ހާސިލުކުރެއްވުން. ޢަލީ ޖައިޝަން ޢާމިރަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، 2019 ވަނަ އަހަރުވެސް ލިބިވަޑައިގެންފައި. އެއީ، 2018 ވަނަ އަހަރު، ސިންގަޕޯރ އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓްގެ ގޯލްޑް އެވޯޑާއި، ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގެ އިންޓަރނޭޝަނަލް އެކެޑަމިކް އެޗީވްމަންޓް އެވޯޑް ހާސިލުކުރެއްވުމާ ގުޅިގެން.