އާމިނަތު ލަޠީފާގެ ހިތްޕުޅުގައި ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، އުމުރުން 55 އަހަރުގައި، 1441ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައެވެ. ޤުރްއާން ހިތުދަސްކުރައްވަން ފަށްޓަވައި، 5 މަހެއްހާ ދުވަހުގެ ތެރޭގައި، އައްނިސާ ސޫރަތާ ހަމަޔަށް ދަސްކުރެއްވުމަށްފަހު، އާމިނަތު ލަޠީފާގެ މަންމަ ނިޔާވުމާ ގުޅިގެން، ހިތުދަސްކުރެއްވުން މެދުކަނޑުއްވައިލައްވަން ޖެހިވަޑައިގަތެވެ. އޭރުވެސް މުރާޖަޢާ ކުރައްވަމުން ގެންދެވިއެވެ.
30 މާރިޗު 2014 ގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ހިފްޡު ކުލާހުގައި ބައިވެރިވެވަޑައިގެން، ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދެވިއެވެ. ލިބިވަޑައިގަންނަވާ ހުސް ވަގުތުތަކުގައި، މިސްކިތުގައްޔާއި، ގޭގައި ވަރަށްގިނަ ވަގުތު ހޭދަކުރައްވައިގެން، ކީރިތި ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީ، 4 އަހަރާއި 3 މަހެއްހާ ދުވަހުންނެވެ. އެއަށްފަހު، 3 މާރިޗު 2019 ގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މުރާޖަޢާ ކުލާހުގައި ބައިވެރިވެވަޑައިގެން، މުރާޖަޢާ ކުރައްވަން ފެށްޓެވިއެވެ. މުރާޖަޢާ ކުލާހުގައި 4 އަހަރާއި ދެމަހެއްހާ ދުވަސް ހޭދަކުރެއްވިއެވެ. އިމްތިޙާނުގައި ބައިވެރިވެވަޑައިގަތީ، 2023ވަނަ އަހަރުގެ ޖޫން މަހުގެ 5ވަނަ ދުވަހުއެވެ.
އާމިނަތު ލަޠީފާ، ދެވަނަ ދަރަޖައިގައި ފާސްވެ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ، 31 ޖުލައި 2023 ގައެވެ.