އަލްފާޟިލާ ޙަނާން މުޙައްމަދު ނަޢީމް
ސ. ހިތަދޫ/ ނިއަމީ

        ކޭކުއެޅުއްވުމާއި، ކޭކު ޒީނަތްތެރި ކުރެއްވުމުގެ މަސައްކަތް ޙަނާން ފެށްޓެވީ، އުމުރުން 10 އަހަރުގައެވެ. 2004 ވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާއެއްގައި މިމަސައްކަތް ކުރައްވަމުން ގެންދަވައެވެ. މިހާތަނަށް ގިނަ ބަޔަކަށް މި މަސައްކަތް ވަނީ ދަސްކޮށްދެއްވާފައެވެ.

        ޙަނާން ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ތެރޭގައި، 2003 ވަނަ އަހަރު ޕްރިޔަންގިކާ މެޕޮރޭގެ ކޭކު ޑެކަރޭޓިންގ ސްކޫލް ސެޓްފިކެޓާއި، 2005 ވަނަ އަހަރު ވިލްޓަން މެތަޑް އޮފް ކޭކް ޑެކަރޭޓިންގ 3،2،1 ކޯހުގެ ސެޓްފިކެޓާއި، 2006 ވަނަ އަހަރު ވިލްޓަން މެތަޑް ސްކޫލްގެ ފަރާތުން ހޮންގކޮންގގައި ބޭއްވި ވިލްޓަން އިންސްޓްރަކްޓަރސް ޓްރޭނިންގ ސެމިނާރެއްގައި ބައިވެރިވެވަޑައިގެން، ވިލްޓަން މެތަޑް އޮފް ކޭކު ޑެކަރޭޓިންގ އެންޑް ކޮންފެކްޝަނަރީ އާޓްސްގެ އެންމެ ހަގު ވިލްޓަން މެތަޑް އިންސްޓްރަކްޓަރ ކަމުގެ ސެޓްފިކެޓް ހާސިލުކުރައްވާފައިވުން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، 2004 ވަނަ އަހަރު ޝްރީލަންކާގައި ބޭއްވި ބްރައިޑަލް ފެއަރގައި ބައިވެރިވެވަޑައިގެން، ފެންޓަސީ ކޭކު ކެޓަގަރީން 2 ވަނަ، އަދި ހަމަ މިއަހަރު ހޮޓެލް އޭޝިއާ އެގްޒިބިޝަނުން ގޯލްޑް މެޑެލް، އަދި 2006 ވަނަ އަހަރު ހޮޓެލްސް އޭޝިއާ އެގްޒިބިޝަނުން ބްރޯންޒް މެޑެލް ހާސިލުކުރައްވާފައިވެއެވެ.