އަލްފާޟިލާ މަދީޙާ މޫސާ
މ. ހުރެންދޫ

             ދިވެހި ރަހަ އެކުލެވޭ ބާވަތްތައް އެގޮތުގައި ތައްޔާރުކޮށް، އެގޮތުގައި ދެމެހެއްޓުމަށްޓަކައި އަމިއްލައަށް އިސްނަންގަވައިގެން ވަރަށް ޝައުޤުވެރިކަމާއެކު މިމަސައްކަތް ފަށްޓަވައިފައިވަނީ، 1980 ވަނަ އަހަރުން ފެށިގެންނެވެ. މި ގޮތުން މަދީޙާ ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ނެތެމުންދާ ދިވެހި ކާބޯތަކެއްޗާއި ރަހަތައް ދިރުވައި އާލާކުރެއްވުމާއި، މުޅިން ދިވެހި އުފެއްދުންތައް ހިމަނުއްވައިގެން އިންތިޒާމުކުރާ ކާބޯތަކެތީގެ މައުރަޒު "ރަހަ" ތިން ފަހަރެއްގެ މަތިން ވަރަށް ކާމިޔާބުކަމާއެކު ބާއްވަވާފައިވުން ހިމެނެއެވެ. ދިވެހި ރަހަ އެކުލެވޭ ސަގާފީ ފޮނިތަކެތި ހިމެނޭގޮތަށް، ކޮންމެ ޢީދެއްގައި މަދީޙާ،  ޚާއްޞަ ޢީދު ޕެކެޖެއް ތައްޔާރުކުރައްވައި، "ޢީދު ހަދިޔާ" ގެ ގޮތުގައި ބައްސަވަމުންވެސް ގެންދަވައެވެ.

             ދިވެހި ހެދިކާގެ ބާވަތްތައް އޯޑަރަށް ތައްޔާރުކުރުމުގައިވެސް މަދީޙާ ފާހަގަކޮށްލެވެއެވެ. މަދީޙާއަށް ލިބިލައްވާފައިވާ ކެއްކުމުގެ ހުނަރު، އެކި ފަރާތްތަކަށް ދަސްކޮށްދެއްވަމުން ގެންދަވައެވެ. އަދި ކާބޯތަކެތީގެ މަޢުރަޒުތަކުގައި ބައިވެރިވެވަޑައިގެން މަތީ ވަނަތައް ހޯއްދަވާފައިވެއެވެ.