ޝާޒް ސަޢީދަކީ، މިޔުޒިކް އުފެއްދެވުމާއި، މިޔުޒިކް ދަސްކޮށްދެއްވުމުގެ މަސައްކަތް ކުރައްވާ ބޭފުޅެކެވެ. މީގެތެރޭގައި، މަދަރުސާތަކުގެ ދަރިވަރުންނަށް މިޔުޒިކް ދަސްކޮށްދެއްވުމާއި، ލަވަ މުބާރާތްތަކަށާއި، މިނިވަންދުވަހުގެ އައިޓަމްތަކަށާއި (2007-1996)، ބޭރު ޤައުމުތަކުގައި ބާއްވާ ފެއަރތަކަށް މިޔުޒިކް ތައްޔާރުކޮށްދެއްވުން ހިމެނެއެވެ. އާ ސާސްކަފަށް މަރްޙަބާ ކިޔުމުގެ ގޮތުން ސިފައިން ހުށަހަޅައިދިން "ކާފަގެ ވާހަކަ"އާއި، މިނިވަންދުވަހުގެ މުނާސަބަތުގައި ސިފައިން ހުށަހަޅައިދިން "ދޮންބަންޑާރައިންގެ ޖިހާދު"ގެ މިޔުޒިކާއި، މިއަހަރުގެ މިނިވަންދުވަހާއި، ޤައުމީދުވަހުގެ ހުރިހާ އައިޓަމެއްގެ މިޔުޒިކް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، ސަރފް ކޮމްޕެޓިޝަނަށް ތައްޔާރުކޮށްދެއްވި "މީ ރާއްޖެ" މިލަވައިގެ މިޔުޒިކާއި، 1997ން 2005 އަށް ބޭއްވުނު އައި.ޓި.ބީ ފެއަރތަކަށް ޝާޒް ތައްޔާރުކޮށްދެއްވި މިޔުޒިކްވެސް ފާހަގަކޮށްލެވެއެވެ.
ޒުވާނުންގެ ޤައުމީ އިނާމު މިއަހަރު ޝާޒް ސަޢީދަށް ލިބިވަޑައިގެންފައިވެއެވެ.