އަލްފާޟިލް ޢަބްދުއްސަމީޢު ޢަބްދުލްޣަފޫރު
މ. ނިކޯސިއާ

        ލަވަޔާއި މިޔުޒިކުގެ ދާއިރާއަށް ޢަބްދުއްސަމީޢު ވެދެވަޑައިގަތީ، އުމުރުން 15 އަހަރުގައި "ޕްލޫޓޯ" ބޭންޑުގެ ނަމުގައި ބޭންޑެއް ހައްދަވައިގެންނެވެ. މަދްރަސީ ދައުރު ނިންމެވުމަށްފަހު "އެމޭޒަން ޖޭޑް" ބޭންޑްގައި 5 އަހަރު ވަންދެން ލަވަ ވިދާޅުވެފައިވެއެވެ. "ފްރީޒް" ބޭންޑުގައިވެސް ދެއަހަރެއްހާ ދުވަހު ބޭންޑް ލީޑަރެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ. އޭގެފަހުން "އަކަސަކަ"ގެ ނަމުގައި އަމިއްލަ ބޭންޑެއް އުފައްދަވައިގެން މަސައްކަތް ކުރައްވަން ފެށްޓެވިއެވެ. މިހާތަނުން ޢަބްދުއްސަމީޢު މަސައްކަތް ކުރެއްވީ، އަމިއްލަ އުފެއްދުންތައް ޢާންމުންނާ ހަމައަށް ގެނެސްދެއްވުމަށެވެ. މިގޮތުން ތަފާތު އެތައް އަމިއްލަ ރާގުތަކެއް ހުށަހަޅުއްވައިދެއްވާފައިވެއެވެ. 

        "އަކަސަކަ" ބޭންޑުން މިހާތަނަށް ވަރަށްގިނަ ޝޯތަކެއް މާލެއާއި ރާއްޖޭގެ އަތޮޅުތަކުގައި ދީފައިވެއެވެ. އަދި ބައެއް ޝޯތަކުގައި ހިލޭސާބަހަށް މިޔުޒިކް ކުޅެދެއްވާފައިވެއެވެ.

        ޢަބްދުއްސަމީޢު މިހާތަނަށް 300 އަށްވުރެ ގިނަ ލަވަ ވިދާޅުވެދެއްވާފައިވެއެވެ. ކުޑަކުދިންނަށް ޚާއްޞަކުރައްވައިގެން ޢަބްދުއްސަމީޢު ތައްޔާރުކުރައްވައި ނެރުއްވި "ދޮންދޫނި" އަލްބަމަށް ވަރަށްބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.