އަލްފާޟިލް މުޙައްމަދު ހާނިމް
މ. ފުސްތުޅާގެ

               މުޙަންމަދު ހާނިމަކީ، ކަސްރަތުކުރުމާއި ކަސްރަތާބެހޭ މަޢުލާމާތު ދެއްވުމާއި، މިރޮނގުން މީހުން ހޭލުންތެރިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޓެލެވިޜަން މޯލްޑިވްސުން ފޮނުއްވާ "ހެނދުނު ހެނދުނާ" ޕްރޮގްރާމްގައި ކަސްރަތާބެހޭ ބައެއް، ހާނިމް ގެނެސްދެއްވައެވެ. މީގެއިތުރުން، ހެންވޭރު ޕާކް ސަރަހައްދުގައި ކަސްރަތުކުރާ މީހުންނަށް އެކަމުގެ މަޢުލޫމާތު ދެއްވައި، އެތާނގައި ޔޯގާ ޕްރޮގްރާމެއް ފަށްޓަވާފައިވެއެވެ.

              1989،1988،1987 ގައި، ފަސްޓް ޑިވިޜަންގައި ނިއުރޭޑިއަންޑް ސްޕޯޓްސް ކްލަބަށް ފުޓްބޯޅަ ކުޅުއްވައި، އަދި 1988 ން 1998 އަށް އެތްލެޓިކްސްގެ ރޮނގުން ޤައުމީ ފެންވަރުގައި މަތީ ކާމިޔާބީތަކެއް މުޙަންމަދު ހާނިމް ހޯއްދަވާފައިވެއެވެ. މީގެއިތުރުން ޤައުމީ އެތުލެޓިކްސް ޓީމްގެ ހެޑް ކޯޗެއްގެ ގޮތުން މަސައްކަތް ކޮށްދެއްވާފައިވެއެވެ. "ދުޅަހެޔޮ ޞިއްޙަތާއި ކުޅިވަރު" މިނަމުގައި އަތްމަތީ ދެ ފޮތެއް ހާނިމް ޝާއިޢު ކުރައްވާފައިވެއެވެ.

              މިދިޔަ އަހަރާއި މިއަހަރު މާލޭގައި ބޭއްވުނު ބައިބަލާ މުބާރާތް އިންތިޒާމް ކުރައްވައި، އޮމާންކަމާއެކު ނިމިގެން ދިޔައީ މުޙަންމަދު ހާނިމްގެ ބެއްލެވުމުގެ ދަށުންނެވެ.