އަލްފާޟިލް މުޙައްމަދު ކަލީމް
ހ. އެނބޫގަސްދޮށުގެ

          މުޙަންމަދު ކަލީމަކީ، މަދްރަސީ ދައުރުން ފެށިގެން، ވަރަށް ގިނަ ކުޅިވަރުތައް ކުޅުއްވައި، ޚާއްޞަކޮށް ފުޓްބޯޅައާއި، ބެޑްމިންޓަން އަދި ވޮލީ ކުޅުއްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ފުޓްބޯޅައިގައި މުޙަންމަދު ކަލީމު ވަނީ، ޤައުމީ ފެންވަރުގައި ކުޅުއްވައި ކާމިޔާބީތަކެއް ހޯއްދަވާފައެވެ. އަދި ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ހަރަކާތްތެރިވެ، ރާއްޖެއަށް ރީތިނަން ހޯދައިދެއްވާފައިވެއެވެ.

          މުޙަންމަދު ކަލީމް ވަނީ، ފުރަތަަމަ ސާފް ގޭމްސްގައި ބައިވެރިވެ، ރާއްޖެއަށް ލޯމެޑެލް ހޯދައިދިން ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ހިމެނިފައެވެ. އަދި 5 ވަނަ ސާފް ގޭމްސްގައި ބައިވެރިވެ، ރާއްޖެއަށް ރިހިމެޑެލް ހޯދައިދިން، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަންވެސް ކުރައްވާފައެވެ. މިނޫންވެސް ރާއްޖެއިން ބޭރުގައި ބޭއްވުނު ބައެއް ފުޓްބޯޅަ މުބާރާތްތަކުގައި ޤައުމީ ޓީމުގައި ހިމެނި ރާއްޖެ ތަމްސީލު ކޮށްދެއްވާފައިވެއެވެ. 1987، 1989، 1990، 1991 މި އަހަރުތަކުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ޤައުމީ ފުޓްބޯޅަ ޗެމްޕިއަންކަން ހޯއްދަވައި ދެއްވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވެއެވެ. އަދި 1995، 1996، 1998 ވަނަ އަހަރުގެ އޭޝިއަން ކަޕްވިނާރސް ކަޕްގައި ބައިވެރިވި ރާއްޖޭގެ ނިއުރޭޑިއަންޓް ފުޓްބޯޅަޓީމުގެ ކޯޗްކަން ކޮށްދެއްވާފައިވެއެވެ.