އަލްފާޟިލް ޙުސައިން ޢަފީފު
ގއ. ކޮލަމާފުށި/ ވައިލެޓްމާގެ

              ޙުސައިން ޢަފީފް ކުރެހުމުގެ މަސައްކަތް ފެށްޓެވީ، މަދްރަސީ ދައުރުގައެވެ. ތަފާތު ވަރަށްގިނަ ވައްތަރުތަކުގެ ކުރެހުންތައް ކުރައްސަވައި ފަރުމާ ކުރައްވާފައިވެއެވެ. މީގެތެރޭގައި ކިޔަވައިދޭ ގިނަ އަދަދެއްގެ ފޮތްތަކަށާއި، ނޫސް މަޖައްލާތަކަށް ވަރަށްގިނަ އަދަދެއްގެ ކުރެހުންތައް ކުރައްސަވައިދެއްވުން ހިމެނެއެވެ. އަދި ކުރެހުމުގެ މަސައްކަތް ކުޑަކުދިންނަށާއި ބޮޑެތިމީހުންނަށް ދަސްކޮށްދެއްވަމުން ގެންދަވައެވެ.

              މީގެއިތުރުން، ގިޑިގެތަކާއި ޢިއްޒަތްތެރިންގެ ފޮޓޯފުޅުތަކާއި، މިނިވަންދުވަހުގެ ފުޅަނދުބުރުގެ ފުޅަނދުތައް ފަރުމާކުރައްވައި، އެކި ކުރެހުންތައް ކުރައްސަވައި، ބައެއް ސްކޫލްތަކުގެ ބެޖާއި ދިދަ ފަރުމާ ކޮށްދެއްވާފައިވެއެވެ.

              އިސްލާމީ މަރްކަޒުގެ އެތެރޭގައިވާ ލަކުޑީގެ ލިޔުންތައް ކަނޑާނެގުމުގެ މަސައްކަތްތަކުގައިވެސް ޢަމަލީގޮތުން ޙުސައިން ޢަފީފް އުޅުއްވާފައިވެއެވެ. އަދި ރާއްޖޭގައި ނެރޭ ބައެއް ސްޓޭމްޕްތައްވެސް ، ޙުސައިން ޢަފީފު ފަރުމާ ކުރައްވާފައިވެއެވެ. "ޝީ" އިން ބޭއްވި "އާޓް ފޮރ ޗިލްޑްރަން" ގައި އެންމެ ގިނަ ކުރެހުން ބައިވެރިކުރައްވައި، އެ ކުރެހުންތައް އެތަނަށް ހަދިޔާ ކުރައްވާފައިވެއެވެ.

               ޙުސައިން ޢަފީފް ވަނީ އެކި މަޢުރަޒުތަކުން މަތީ ވަނަތައް ހާސިލުކުރައްވާފައެވެ.