ގެޑޯރ އާކިޓެކްޗަރ ޕްރައިވެޓް ލިމިޓެޑް

        1993 ވަނަ އަހަރު އުފެދުނު މިކުންފުންޏަކީ، އިމާރާތް ފަރުމާކުރުމާއި، އެންޖިނިއަރިންގ ޚިދުމަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި ދެމުންގެންދާ ކުންފުންޏެކެވެ. އެގޮތުން އިމާރާތްތަކުގެ އާކިޓެކްޗަރަލް، ސްޓްރަކްޗަރަލް ސަރވިސަސް ޑިޒައިން ތައްޔާރުކުރުމާއި، ކުއަންޓިޓީ ސަރވޭއާއި، ޕްރޮޕަޓީ ވެލުއޭޝަނާއި، ޕްރޮޖެކްޓް މެނޭޖްކުރުމާއި، ކޮންޓްރެކްޓް މެނޭޖްކުރުން ފަދަ މަސައްކަތްތައް ކުރަމުން ގެންދެއެވެ. މިކުންފުނިން ޚިދުމަތް ދީފައިވާ ތަންތާނގެ ތެރޭގައި، ދިރިއުޅުމަށް ބޭނުންކުރާ އިމާރާތްތަކާއި، އޮފީސް އިމާރާތްތަކާއި، ވިޔަފާރިއަށް ބޭނުންކުރާ އިމާރާތްތަކާއި، ޓޫރިސްޓް ރިސޯޓުތަކާއި، މިސްކިތްތައް ހިމެނެއެވެ. މިކުންފުންޏަކީ ރާއްޖޭގައި ކޮންސަލްޓެންސީގެ ހުރިހާ މަސައްކަތެއް، އެއްތަނަކުން ކޮށްދޭ ހަމައެކަނި ކުންފުންޏެވެ. އަދި ޢިމާރާތް ފަރުމާކުރުމުގެ މަސައްކަތްވެސް ކުރަމުން ގެންދެއެވެ.

        މިކުންފުނިން މިހާތަނަށް 600 އަށްވުރެ ގިނަ ޕްރޮޖެކްޓްގެ މަސައްކަތް ކޮށްފައިވެއެވެ.

        ކުންފުނީގެ މަސްއޫލު މެންބަރުންނަކީ، ގ. ޒަމާނީކުލަ އަލްފާޟިލް ޢަބްދުﷲ ޠަލާލް އަޙްމަދާއި، ގ. ނޫމަރާގޭ އަލްފާޟިލް ޠާރިޤު އިބްރާހީމާއި، ގ. ސަނީޑޭލް އަލްފާޟިލް މުޙައްމަދު ޝަރީފާއި، މއ. ބޯޅަކިންކިރިމާގޭ އަލްފާޟިލް ޢިމްރާން ޢަބްދުލްޤާދިރާއި، މއ. މަނަސް އަލްފާޟިލް ފަޔާޒް މަންޞޫރެވެ.