އަލްފާޟިލް ޢަބްދުލްމުޙްސިން ޢަބްދުﷲ
ރ. އަލިފުށީ/ ނިޝާން

                   ކިއްސަރު ވަޑާމުގެ މަސައްކަތް ޢަބްދުލްމުޙްސިން ޢަބްދުﷲ ފެށްޓެވީ އުމުރުން 24 އަހަރުގައެވެ. ޢަބްދުލްމުޙްސިން ޢަބްދުﷲގެ މާވަޑިކަމުގައި، މިހާތަނަށް 300 އަށްވުރެ ގިނަ ދޯނި ބަންނަވައި، 210 ދޯނީގައި އިންޖީނު އަޅުއްވައިދެއްވާފައިވެއެވެ. ކިއްސަރުވަޑާމުގެ މަސައްކަތް މިހާތަނަށް ގިނަބަޔަކަށް ދަސްކޮށްދެއްވާފައިވެއެވެ. މިހާރުވެސް ބައެއް މީހުންނަށް ވަޑާމުގެ މަސައްކަތް ދަސްކޮށްދެއްވަމުން އެބަގެންދަވައެވެ. ޢަބްދުލްމުޙްސިން މި މަސައްކަތް ދަސްކޮށްދެއްވަނީ، ހިލޭސާބަހަށެވެ. މި މަސައްކަތް ދަސްކޮށްދެއްވި ފަރާތްތަކުގެ ތެރެއިން 5 ފަރާތަކުން މިހާރުވެސް އަމިއްލަ މާވަޑިކަމުގައި ދޯނިފަހަރު ބަންނަމުން ގެންދާކަން ފާހަގަކުރެވެއެވެ. ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި، ޢަބްދުލްމުޙްސިންގެ މާވަޑިކަމުގައި ބަނދެފައިވާ ދޯނިފަހަރު ބޭނުންކުރަމުން ގެންދެއެވެ. އަދި ހިލޭސާބަހަށް 10 އުޅަނދެއްގައި އިންޖީނުވެސް ބަހަައްޓަވައިދެއްވާފައިވެއެވެ.