އަލްފާޟިލް މުޙައްމަދު ޝާކިރު
މ. ސީ ސްކޭޕް

        މުޙަންމަދު ޝާކިރު ވަޑާމުގެ މަސައްކަތް ފެށްޓެވީ، މީގެ 28 އަހަރު ކުރިންނެވެ. އެމް.އެސް. ކާޕެންޓްރީގެ ނަމުގައި ޝާކިރު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ވަޑާމުގެ މަސައްކަތުގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މާލެއާއި، ހުޅުލެއާއި، ހުޅުމާލެއާއި، ވިލިގިނލީ އަވަށުގައި ވަރަށް ގިނަ މަސައްކަތްތައް މިހާތަނަށް ކުރައްވާފައިވެއެވެ. މިގޮތުން މިހާތަނަށް އެންމެ ގިނައިން ކުރައްވާފައިވާ މަސައްކަތަކީ، ސަރުކާރުގެ އޮފީސްތަކުގެ ވަޑާމުގެ މަސައްކަތާއި އިންޓީރިއަރ މަސައްކަތްތަކެވެ. މީގެއިތުރުން، އަމިއްލަ ފަރާތްތަކުގެ ވަރަށް ގިނަ ވަޑާމުގެ މަސައްކަތްތަކާއި، އިމާރާތްކުރުމާއި މަރާމާތުކުރުމުގެ މަސައްކަތް ޝާކިރު ކުރައްވަމުން ގެންދަވައެވެ.