މެގަޗިޕް އިލެކްޓްރޯނިކްސް ޕްރައިވެޓް ލިމިޓެޑް

 

         ކޮމްޕިއުޓަރާއި އެއާގުޅޭ އެހެނިހެން ތަކެތި ވިއްކުމާއި މަރާމާތުކުރުމުގެ މަސައްކަތް މިކުންފުނިން ފެށީ، 1994 ވަނަ އަހަރުއެވެ. އަދި އައި.ޓީ އިކްއިޕްމަންޓްސް މަރާމާތުކުރުމާއި ޚިދުމަތްދިނުމުގެ މަސައްކަތްވެސް ކުރަމުން ގެންދެއެވެ. ކޮމްޕިއުޓަރ ވިޔަފާރީގެތެރެއަށް މިކުންފުނިން ވަދެފައިވަނީ 2000 ވަނަ އަހަރުއެވެ. އަދި 2002 ގައި އެން.އީ.ސީ.ގެ ދިވެހިރާއްޖޭގެ އޮތޮރައިޒްޑް ޑީލަރކަމަށް ހަމަޖެހުމާއެކު، ވިޔަފާރިއާއި ސަރވިސް ސެންޓަރުގެ ޚިދުމަތް ތަރައްޤީކުރަމުން ގެންގޮސްފައިވެއެވެ.

         ޔޫރަޕްގެ ކޮލިޓީ މިންގަނޑުތައް ބަލާ ފައުންޑޭޝަނެއް ކަމުގައިވާ ބިޒްނަސް އިނިޝިއޭޓިވް ޑައިރެކްޝަނުން، މިއަހަރު ނިއުޔޯކްގައި ބޭއްވި އިންޓަރނޭޝަނަލް ކޮލިޓީ ސަމިޓްގައި "ގޯލްޑް އެވޯޑް ފޮރ އެކްސެލެންސް އެންޑް ބިޒްނަސް ޕްރެސްޓިޖް" މި ކުންފުންޏަށް ލިބިފައިވެއެވެ. އަދި 2006 ވަނަ އަހަރު މެގަޗިޕް ޝޯރޫމަށް ލިބުނު ބެސްޓް ކޮންސެޕް ސްޓޯރ އެވޯޑާއި، މެގަޗިޕް ސަރވިސް ސެންޓަރަށް ލިބުނު ބެސްޓް ސަރވިސް ޕްރޮވައިޑާ އެވޯޑު ހިމެނެއެވެ.

         މިިިކުންފުނީގެ ހިއްސާދާރުންނަކީ، ސ. ހުޅުދޫ ބްލޫސްކައި އަލްފާޟިލް ޙަސަން ޒަރީރާއި، އަލްފާޟިލް އިބްރާހީމް ޒަރީރާއި، އަލްފާޟިލް ޢަބްދުﷲ ޒަރީރާއި، އަލްފާޟިލް އަޙްމަދު ޒަރީރާއި، އަލްފާޟިލް މުޙައްމަދު ޒަރީރާއި، އަލްފާޟިލް އިލްޔާސް ލަބީބެވެ.