ހައިފިލް ސްޓިޗަރސް

         ހައިފިލް ސްޓިޗަރސްއިން ފެހުމުގެ ޚިދުމަތް ދެމުން ގެންދާތާ 13 އަހަރުވެއްޖެއެވެ. ފުރަތަމަ ފެށިއިރު ފަހަމުން ގެންދިޔައީ ހަމައެކަނި އަންހެނުންނާއި ފިރިހެނުންގެ އަންނައުނެވެ. މިހާރު މި މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދެއެވެ.

         ކޯޓުފަޓުލޫނާއި ހުރިހާ ވައްތަރެއްގެ ހެދުން މިތަނުން ފަހައިދެއެވެ. އަދި ތަފާތު ޑިޒައިންތަކަށް ބުރުގާ ތައްޔާރުކޮށްދިނުމާއި، ދޮރުފޮއްޗާއި، ގޮނޑީ ކަވަރުވެސް ފަހައިދެއެވެ. މީގެއިތުރުން، ސަރުކާރުގެ އެކި ދާއިރާތަކުގެ ޔުނިފޯމް ފަހަމުން ގެންދެއެވެ. އަދި ފަށުވީގެ މަސައްކަތްވެސް ކުރެއެވެ. މިނިވަންދުވަހުގެ ކުޅިވަރުތަކުގައި ބައިވެރިވާ ކުދިންގެ ކުޅިވަރު ހެދުންތައްވެސް މިތަނުން ފަހާދީފައިވެއެވެ.

         ހައިފިލް ސްޓިޗަރސް އިން، ފަހަން ދަސްކޮށްދިނުމުގެ އެކި ފެންވަރުގެ ކޯސްތައް ހިންގައި، އެތައް ބަޔަކު މިރޮނގުން ތަމްރީނު ކޮށްފައިވެއެވެ.

         ހައިފިލް ސްޓިޗަރސްގެ މަސްއޫލުވެރިޔަކީ، މއ. ބްލޫސެވަން އަލްފާޟިލާ ޚައިރުއްނިސާ ޢީސާއެވެ.