އީވް ގާމެންޓުން ޚިދުމަތް ދޭން ފަށާފައިވަނީ، 2003 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އީވް ގާމެންޓުން، ސްކޫލްތަކުގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކުރުމާއި، އެކިއެކި ކްލަބްތަކުގެ ޖާޒީއާއި ސޯޓު ފަރުމާކޮށް ތައްޔާރުކުރުމާއި، ޓޫރިސްޓް ރިޒޯޓްތަކަށް ސަތަރިއާއި، ސީޓާއި، ސަންބެޑް ފަދަ ތަކެތި ފަހައިދިނުމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، އެއްގަމުގައި ދުއްވާ ވެހިކަލްތަކުގެ ސީޓާއި ކުޝަން މަރާމާތުކުރުމާއި، އެކިވައްތަރުގެ ޕްރިންޓް ކުރުމާއި، އެމްބްރޮއިޑް ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދެއެވެ. އަދި މިކަމަށް ހިތްވަރު ދިނުމުގެގޮތުން، އީވް ގާމެންޓަށް ބައިނަލްއަޤްވާމީ ދެ އެވޯޑެއްވެސް ލިބިފައިވެއެވެ. އެއީ، ބިޒްނަސް އިނިޝިއޭޓިވް ޑިރެކްޝަންސުން ދޭ "އިންޓަރނޭޝަނަލް ސްޓާރ އެވޯޑް-ޖެނީވާ 2005" އާއި، ސިލޯން ނޭޝަނަލް ޗޭމްބަރ އޮފް އިންޑަސްޓްރީން ދޭ ސާރކް ނޮމިނޭޓެޑް ކެޓަގަރީން "އެޗީވަރސް އޮފް އިންޑަސްޓްރިއަލް އެކްސެލެންސް އެވޯޑް - 2006 ގޯލްޑް އެވޯޑް" އެވެ.
އީވް ގާމެންޓްގެ މަސްއޫލުވެރިޔަކީ، މ. ޕިންކްފްލާވަރ އަލްފާޟިލް ޙުސައިން މުޙަންމަދުފުޅެވެ.