ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް

        މި އެސޯސިއޭޝަނަކީ، ރާއްޖޭގެ ޒުވާނުންނާއި ކުޑަކުދިންނަކީ، ޤައުމުދެކެ ލޯބިވާ، އެކަކު އަނެކަކަށް އަޅާލާ، އެކަކު އަނެކަކަށް އިޙްތިރާމްކުރާ ބަޔަކަށް ހެދުމަށާއި، އިސްލާމްދީނުގެ ރިވެތި އުސޫލުތައް ހިފަހައްޓައި، ދީނަށް ލޯބިކުރާ ބަޔަކަށް ހެދުމަށާއި، ޖަމާޢަތުގެ ގުޅުން ތަރައްޤީކޮށް، ތިމާއަށާއި އެހެންމީހުންނަށް ބޭނުންތެރި ހުނަރުތައް އަންގައިދީ، ތިމާގެ އުޅުމާއި ސުލޫކު ރަނގަޅުކުރުމާއި، ވަފާތެރި ފަރުދަކަށް ޒުވާނުންނާއި ކުދިން ހެދުމަށް މަސައްކަތްކުރާ އެސޯސިއޭޝަނެކެވެ. އަދި ހިލޭސާބަހަށް މަސައްކަތްކުރުމުގެ މަތިވެރި ރޫޙު، ޒުވާނުންނާއި ކުދިންގެ މެދުގައި އަށަގަންނުވައި، ޤައުމީ އަދި އިޖްތިމާޢީ ކޮންމެ ކަމަކަށް ގޮވާލެވުނުނަމަވެސް، އެކަމަކަށް ފުރިހަމައަށް އިޖާބަދީ، އެންމެ ކުރީ ސަފުގައި އުޅޭ ބަޔަކަށް ހެދުމަށް، މި އެސޯސިއޭޝަނުން މަސައްކަތްކުރަމުން ގެންދެއެވެ.