އަލްފާޟިލް އިބްރާހިމް އަބޫބަކުރު އަދި އަލްފާޟިލާ އަމީނާ އިބްރާހީމް
މއ. ކޮއްޓަފަރު

              އިބްރާހީމް އަބޫބަކުރާއި އަމީނާ އިބްރާހީމަކީ، އަތޮޅުތަކުން މާލެއަށް ތަޢުލީމު ހޯދުމަށްޓަކައި އަންނަ ކުދިންނަށް ރައްކާތެރި ހިޔާވައްސެއް ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ދެބޭފުޅުންނެވެ. ކިޔަވާ ކުދިންނަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކާއެކު 1994 ވަނަ އަހަރުން ފެށިގެން ކުދިން ބަލަހައްޓަވަމުން ގެންދަވައެވެ. މި ޚިދުމަތް ފުޅާކުރެއްވުމުގެ ގޮތުން މިހާރު ވަނީ "ކޮއްޓަފަރު ބޯޑިންގ ހޯމް"ގެ ނަމުގައި ތަނެއް ރަޖިސްޓަރީ ކުރައްވާފައެވެ. މިހާތަނަށް މިތަނުން 1300 އަށްވުރެ ގިނަކުދިން މުޖުތަމަޢަށް ނިކުމެފައިވެއެވެ.

              ޓީވީ ބެލުމާއި ރޭޑިޔޯ އަޑުއެހުމާއި، ނޫސް މަޖައްލާ ކިޔޭނެ ގޮތް ހަމަޖެހި އަދި އިންޓަރނެޓްގެ ޚިދުމަތްވެސް މިތަނުން ލިބެން ހުރެއެވެ. އަދި އެކި ކުޅިވަރުތައް މިތަނުގައި ކުޅެވެއެވެ. މީގެއިތުރުން، "އޮރޭކަލް ލައިބްރަރީ"ގެ ނަމުގައި ލައިބްރަރީއެއް ހުރެއެވެ. މިތަނުގެ ޚިދުމަތް އެއްވެސް ފީއެއްނެތި ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށްވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ.