ޓްރާންސް މޯލްޑިވިއަން އެއަރވޭޒް

                 ރާއްޖެއަށް އަންނަ ފަތުރުވެރިން، މާލެއާ ދުރު ރިޒޯޓްތަކަށް ގެންގޮސްދިނުމުގެ މަސައްކަތް، ރާއްޖޭގައި ފުރަތަމަ ކުރަންފެށީ މި ކުންފުނިންނެވެ. ފުރަތަމަ މި ކުންފުނިން މި މަސައްކަތް ފެށީ، 1989 ގައި، ހަމިންގބާރޑް އައިލެންޑް އެއަރވޭޒްގެ ނަމުގައެވެ. 2000 ވަނަ އަހަރުގެ ޖަނަވަރީގައި މި ކުންފުނީގެ 50 އިންސައްތަ، ގްލޯބަލް ޕްރައިވެޓް ލިމިޓެޑަށް ވިއްކާލުމާ ގުޅިގެން، ކުންފުނީގެ ނަން، ޓްރާންސް މޯލްޑިވިއަން އެއަރވޭޒްގެ ނަމަށް ބަދަލުކުރެވުނެވެ. އަދި 2004 ން ފެށިގެން މި ކުންފުންޏަކީ، ސައްތައިންސައްތަ ގްލޯބަލް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިނގަމުންދާ ތަނެކެވެ.

                 މި ކުންފުނިން ރާއްޖޭގެ އުތުރާއި ދެކުނުގެ 21 ރިޒޯޓަކަށް ފަތުރުވެރިން އުފުލުމުގެ ޚިދުމަތް ދެއެވެ. އަދި ގަން އިންޓަނޭޝަނަލް އެއަރޕޯޓަށްވެސް މަތިންދާބޯޓުގެ ޚިދުމަތް ދޭން ފަށާފައިވެއެވެ. މި ކުންފުނީގައި، މޫދަށް ޖައްސާ 16 "ޓްވިން އޮޓަރ" ލޭނާއި، ރަންވޭއަށް ޖައްސާ 2 "އޭ.ޓީ.އާރ" މަތިންދާބޯޓު މިހާރު އެބައޮތެވެ. މިކުންފުނީގައި މަސައްކަތްކުރާ 350 މުވައްޒަފުންގެ ތެރެއިން 50 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އޭގެތެރޭގައި 34 ދިވެހި ޕައިލެޓުން ހިމެނެއެވެ.

                 މި ކުންފުނީގެ ހިއްސާދާރުންނަކީ، މއ. ޗަމްޕާވިލާ އަލްފާޟިލް ޙުސައިން ޢަފީފާއި، މ. މާފަންނުވިލާ އަލްފާޟިލާ ފާޠިމަތު ތަސްލީމާއެވެ.