ހޯނޑެއްދޫ އެސޯސިއޭޝަން ފޮރ ޑިވެލޮޕްމަންޓް

                  މި ޖަމްޢިއްޔާއިން، ރަށުގެ ރައްޔިތުންނަށް އާމްދަނީ އިތުރުކުރެވޭނެ މަގުފަހިކޮށްދިނުމުގެގޮތުން، ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރަންފެށީ 1998 ގައެވެ. "މުޖުތަމަޢަށް މަސައްކަތް ކުރުމަކީ، ކޮންމެ ޒުވާނެއްގެ ވާޖިބެއް، މުޖުތަމަޢުގެ ތަރައްޤީއަށް މަސައްކަތް ކުރުމަކީ، އެސޯސިއޭޝަންގެ މަޤްޞަދެއް" މި ޝިޢާރުގެ ދަށުން މަސައްކަތް ފަށައި، ގިނަ އަދަދެއްގެ މީހުންނަށް އާމްދަނީ ލިބޭނެމަގު ތަނަވަސްކޮށްދީ، އެތައް ބަޔަކަށް މި ދާއިރާއިން ތަމްރީނު ދީފައިވެއެވެ. މި ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ އަލީގައި، އަތޮޅުގެ އެހެން ރަށްރަށުގައި ތަމްރީނު ޕުރޮގްރާމްތައް ހިންގަމުން ގެންދެއެވެ.

                   މިކަމުގެ ނަތީޖާއެއްގެ ގޮތުން، ހޯނޑެއްދޫގައި ޢާންމުކޮށް ހައްދާ ކައްޓަލައާއި ބަރަބޮލުގެ ބަދަލުގައި، ތަރުކާރީގެ އާ އުފެއްދުންތައް ތަޢާރުފުވެގެންދިޔައެވެ. މިގޮތުން، ކެބެޖް، ކިއުކަމްބާ، ކެެރެޓް، ލެޓިއުސް، ޓޮމާޓޯ، މިރުސް، ބަށި ފަދަ ތަކެތި ދަނޑުވެރިން ހައްދަން ފެށިއެވެ.

                   މި ޖަމްޢިއްޔާގެ މަސްއޫލުވެރިންނަކީ، ގދ. ހޯނޑެއްދޫ ފިނިފެންމާގޭ އަލްފާޟިލް އަޙްމަދު ނިޒާރާއި، ގދ. ހޯނޑެއްދޫ ކަންމަތީގޭ އަލްފާޟިލް ޙަސަން މަނިކެވެ.