އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް

                 2002 ވަނަ އަހަރު މި ކުންފުނިން، ލޯންގލައިން ފިޝންގ މަސައްކަތް، ރާއްޖޭގެ އީ.އީ.ޒެޑް. ސަރަޙައްދުގައި ފެށިއެވެ. އަދި ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން "ސަން ޓޫނާ"ގެ ނަމުގައި 5700 ޓަނުގެ ޓޫނާ ޕްރޮސެސިންގ ބާޖެއް ޗާޓަރުކޮށް، ރާއްޖޭގައި އޮޕަރޭޓް ކުރުމަށް ގެނެވުނެވެ. މިއީ، އެންސިސް ފިޝަރީޒް 60 އިންސައްތަ ހިއްސާވާގޮތަށް، ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން އުފައްދާފައިވާ "ފިޝް ޕްރޯ ޕްރައިވެޓް ލިމިޓެޑް" އާ ގުޅިގެން ހިންގާ މަސައްކަތެކެވެ. ޕްރައިވެޓް ސެކްޓަރުގެ ފުރަތަމަ އީ.ޔޫ ސަރޓިފައިޑް ޓޫނާ ޕްރޮސެސިންގ ޕްލާންޓް "ސަން ޓޫނާ" ބާޖުގައި 2003 ވަނަ އަހަރު ޤާއިމުކޮށްފައިވެއެވެ. ޔޫރަޕްގެ މާކެޓް ފުޅާވަމުން ދިޔުމާއެކު، ހުޅުމާލޭގައި، އީ.ޔޫ ސަރޓިފައިޑް އާ ފެކްޓްރީއެއް ޤާއިމުކޮށް، މިއަހަރުގެ އޭޕްރިލްމަހު ލައިސަންސް ލިބިފައިވެއެވެ. 2005 ވަނަ އަހަރުން ފެށިގެން، މަސްދޯނިފަހަރު ބަނުމާއި މަސްދޯނިފަހަރުގެ ފެންވަރު ރަނގަޅު ކުރުމަށް އޮޑިވެރިންނަށް މި ކުންފުނިން އެހީވަމުން ގެންދެއެވެ. ސްކިޕްޖެކް ޓޫނާ ފިޔަވައި، ޓޫނާގެ އުފެއްދުންތައް އެންމެ ގިނައިން އެކްސްޕޯޓްކުރި ފަރާތަށް މިނިސްޓްރީ އޮފް ފިޝަރީޒުން ދެއްވާ އެވޯޑް، 2003 ވަނަ އަހަރު މިކުންފުންޏަށް ލިބިފައިވެއެވެ.

                 މި ކުންފުނީގެ ހިއްސާދާރުންނަކީ، މ. އަރީކާ އަލްފާޟިލް ޢަބްދުލްވާޙިދު ތައުފީޤާއި، ގއ. ކޮލަމާފުށީ ކަރަންކާގޭ އަލްފާޟިލް މުޙަންމަދު ވަސީމާއި، ވ. މެލައިމާ އަލްފާޟިލް ޢަބްދުﷲ ސަޢީދެވެ.