![](https://storage.googleapis.com/presidency.gov.mv/Photos/60567_bae73e65-f_.jpg)
ތ. ވަންދޫ/ ފަހާގެ
މަރްޔަމް ޙުސައިނަކީ، ދިވެހިބޭސް ބޭނުންކުރައްވައިގެން އެކި ބަލިތަކަށް ފަރުވާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން، އަނިޔާވެފައި ހުންނަ ތަންތަނަށް ބޭސްކުރުމާއި، ވައިގެ އެކި ބަލިތަކަށް ބޭސްކުރުމާއި، ވާގިނެތޭ ބައްޔަށް ބޭސްކުރުމާއި، މާބަނޑު އަންހެނުން ވިއްސުމާއި، އެމީހުންނަށް ބޭނުންވާ ފަރުވާދިނުމާއި، ބޮލުގެ ރިހުމަށް ބޭސްކުރުމާއި، ކުޑަކުދިންގެ ބަނޑުގައި ރިއްސުންފަދަ ބަލިތަކަށް ބޭސްކުުރުން ހިމެނެއެވެ.
މަރްޔަމް ޙުސައިން މި މަސައްކަތް ފަށްޓަވާފައިވަނީ، މީގެ 45 އަހަރު ކުރިންނެވެ.