އަލްފާޟިލް ޢަބްދުﷲ ޒުހައިރު
ސ. ހިތަދޫ/ އަބުހަރީގެ

                 ވޭތުވެދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި އައްޑުއަތޮޅަށާއި، އެ ސަރަޙައްދުގެ އެކި ރަށްރަށަށް ޞިއްޙީ ދާއިރާއިން ގިނަގުނަ ޚިދުމަތްތަކެއް ޢަބްދުﷲ ޒުހައިރު ކޮށްދެއްވާފައިވެއެވެ. މިމަސައްކަތް ފަށްޓަވާފައިވަނީ 1990 ގައި، އަބުހަރީ ފާމަސީގެ ނަމުގައި ހުޅުވި ޑޮކްޓަރީ ބޭސް ވިއްކާ ފިހާރައިންނެވެ. ސ. ހިތަދޫގައި ހުޅުވި މި ފިހާރައިން ގއ. އަތޮޅަށާއި، ގދ. އަތޮޅަށާއި އަދި ޏ.އަތޮޅަށްވެސް ޚިދުމަތް ދެއްވާފައިވެއެވެ.

                1996 އޮކްޓޫބަރު 13 ގައި، ސ. ހިތަދޫގައި އަބުރަހީ މެޑިކަލް ސެންޓަރުގެ ނަމުގައި ތަނެއް ހުޅުއްވައި، މި ސެންޓަރުގައި، ދަތާއި ލޮލުގެ އަދި ހަމުގެ ޑޮކްޓަރުންނާއި، ކުޑަކުދިންނަށް ޚާއްޞަ ޑޮކްޓަރުން ދާއިމީކޮށް ފަރުވާދެއްވަމުން ގެންދަވާފައިވެއެވެ. ފާއިތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި ކުރު މުއްދަތަށް އެކި ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމުތައް ގެންނަވައިގެން، އެބަލިތަކަށް ފަރުވާ ބޭނުންވެފައިވާ މީހުންނަށް ފަރުވާދެއްވާފައިވެއެވެ.

                އަބުހަރީ މެޑިކަލް ސެންޓަރުގެ ޚިދުމަތްވެސް އެ ސަރަޙައްދުގެ ބައެއް އަތޮޅުތަކަށް ދެއްވަމުން ގެންދަވައެވެ. އަދި ޒުހައިރު ވަނީ، އޮޕްޓިކަލް ޝޮޕެއް ހުޅުއްވައި، ނަންބަރު އައިނު ހެދުމުގެ ޚިދުމަތްވެސް ފަށްޓަވާފައެވެ.