އަލްފާޟިލް މުޙައްމަދު ނަޖީބް
އަސްރުމާގެ/ސ. މީދޫ

              ޤުރްއާން ކިޔަވައިދެއްވުމުގެ މަސައްކަތް، މުޙަންމަދު ނަޖީބު ފެށްޓެވީ، އުމުރުން 15 އަހަރުގައެވެ. ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށްވެސް މުޙައްމަދު ނަޖީބު ޤުރްއާން ކިޔަވައިދެއްވައެވެ.

              1968 ވަނަ އަހަރުން ފެށިގެން، މުޙައްމަދު ނަޖީބު މި މަސައްކަތް ކުރައްވަމުން ގެންދަވަނީ، މަކްތަބުލް އަސްރިއްޔާގެ ނަމުގައި މަކްތަބެއް ރަޖިސްޓަރީ ކުރައްވައިގެންނެވެ. މީގެއިތުރުން، އަސާސީ ތަޢުލީމް، ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށްޓަކައި، ބޮޑެތި މީހުންނަށް ލިޔަންކިޔަން ދަސްކޮށްދެއްވުމުގެ މަސައްކަތްވެސް މުޙަންމަދު ނަޖީބު ކުރައްވާފައިވެއެވެ. މި ކަންކަމަކީ، ހިލޭސާބަހަށް ކުރައްވަމުން ގެންދަވާފައިވާ ކަންތައްތަކެކެވެ.