އަލްފާޟިލާ މަރްޔަމް ޤާސިމް
ފެރިފަރުދާގެ/ގދ. ތިނަދޫ

            މަރިޔަމް ޤާސިމަކީ، 1984 ވަނަ އަހަރުން ފެށިގެން ކުޑަކުދިންނަށް ޤުރްއާން ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މަރިޔަމް ޤާސިމުގެ މި މަސައްކަތް އިތުރަށް ފުޅާކުރެއްވުމުގެ ގޮތުން 1996 ވަނަ އަހަރު "ޢުލޫމިއްޔާ ޕްރީ ސްކޫލް"ގެ ނަމުގައި ސްކޫލެއް ރަޖިސްޓަރީ ކުރައްވައިގެން، މި ޚިދުމަތް ފުޅާކުރައްވާފައިވެއެވެ. ކުދިން އިތުރުވަމުންދާ ވަރަކަށް، ކުރިން ކިޔަވައިދެއްވަމުން ގެންދެވި އިމާރާތުގައި ޖާގައިގެގޮތުން ދަތިތަކެއް ކުރިމަތިވާތީ، މިއަހަރުގެ ތެރޭގައި ޖާގައިގެގޮތުން ތަނަވަސް އިމާރާތަކަށް ސްކޫލް ބަދަލުކުރައްވާފައިވެއެވެ.

            މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށްގިނަ އަދަދެއްގެ ކުދިން މަރިޔަމް ޤާސިމުގެ ގާތުން ދަރިވަރުވެފައިވެއެވެ.