އަލްފާޟިލް އަޙްމަދު ޝަކީބު
މަންޒިލުއްސަޢާދާ / ގއ. މާމެންދޫ
އަޙްމަދު ޝަކީބަކީ، 1970 ވަނަ އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ވަޒީފާގެ ހައިސިއްޔަތުންނާއި، އަމިއްލަ ހައިސިއްޔަތުންނެވެ. ކިޔަވައިދެއްވާފައިވާ ސްކޫލްތަކުގެ ތެރޭގައި، ޠައިބާ ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، މަޖީދިއްޔާ ސްކޫލާއި، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާއި، މާލޭ އިންގްލިޝް ސްކޫލާއި، ގއ. މާމެންދޫ ސްކޫލުގެ ދަރިވަރުން ހިމެނެއެވެ. މީގެއިތުރުން، މީނާގެ ނަމުގައި ރަޖިސްޓަރީ ކުރައްވައިގެން ހިންގަވާ "ތަރްތީލުލް ޤުރްއާން " ކްލާހުގައިވެސް ބޮޑެތި މީހުންނަށާއި، ކުޑަކުދިންނަށް ޤުރްއާން ކިޔަވައިދެއްވައި، ޤުރްއާން ހިތުދަސްކޮށްދެއްވަމުން ގެންދަވައެވެ. އަދި ވަކި މާއްދާއެއްގެ ގޮތުގައި ތަޖުވީދުވެސް ކިޔަވައިދެއްވަމުން ގެންދަވައެވެ.