![](https://storage.googleapis.com/presidency.gov.mv/Photos/60562_9c528f53-4_.jpg)
ކުދިމާގެ/ސ. ފޭދޫ
ފާޠިމަތު ނަބީލާ މުފީދަކީ، ޕްރީސްކޫލެއް ހިންގަވަމުން ގެންދަވާ ބޭފުޅެކެވެ. "ކުދިމާ ޕްރީސްކޫލް" ރަޖިސްޓަރީ ކުރައްވައިގެން ހިންގަވަން ފެށްޓެވީ، 1 ޖޫން 1996 ގައެވެ. ސްކޫލް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދަވަނީ، ނަބީލާއެވެ. ޒަމާނާ އެއްގޮތަށް ޕްރިސްކޫލް ތަޢުލީމު ތަރައްޤީ ކުރައްވައި، ސްކޫލް ހިންގެވުމަށް، މިވޭތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި، ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. މިހާރުވެސް އެ ސްކޫލްގައި ގިނަ އަދަދެއްގެ ކުދިން ތަޢުލީމު ޙާޞިލު ކުރަމުން އެބަގެންދެއެވެ.