ކީރިތި ޤުރްއާން ހިތުދަސްކުރަން ފެށްޓެވީ، 2007 ވަނަ އަހަރު ފުވައްމުލަކު މާލެގަން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގި ނޫރުލްޤުރްއާން ކުލާހުގައި ބައިވެރިވެ ވަޑައިގަންނަވައިގެންނެވެ. 2004 ވަނަ އަހަރު ފުވައްމުލަކު ޤުރްއާނާބެހޭ މަރުކަޒުގައި ފެށި 500 ޙާފިޡުން ތަމްރީނު ކުރުމުގެ ޕުރޮގްރާމުގެ ދަށުން ހިންގި ކޯހުގައި ބައިވެރިވެވަޑައިގެން، ޤުރްއާން ހިތުދަސްކުރެއްވުން ކުރިއަށް ގެންދެވިއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރައްވައި މުރާޖަޢާ ކުރެއްވުމުގައި އިތުރު ދެ އަހަރެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު، ކީރިތި ޤުރްއާނާބެހޭމަރުކަޒުގެ ފުވައްމުލަކު ގޮފީގެ ފުރަތަމަ ބުރުގެ އިމްތިޙާނުގައި 2021 ވަނަ އަހަރުގެ ނޮވެންބަރު މަހު ބައިވެރިވެވަޑައިގެން، އެ އަހަރުގެ ޑިސެންބަރު މަހު އިމްތިޙާނު ނިންމަވައިލެއްވިއެވެ. ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރެއްވީ 20 ފެބުރުވަރީ 2022 ގައެވެ.