އަލްފާޟިލާ ޢާއިޝަތު ނަސީމާ
ހ. ޕިންކްސްޓާރ

            ޢާއިޝަތު ނަސީމާ، ދިވެހި މުދައްރިސާއެއްގެ ވަޒީފާ މީގެ 17 އަހަރު ކުރިން އަދާކުރައްވަން ފެއްޓެވީއްސުރެ، ކިޔަވައިދެއްވުމުގައި ބޭނުންކުރެއްވުމަށް، ތަފާތު ރޮނގުތަކުން ކުރުވާހަކަ ލިޔުއްވަމުން ގެންދަވައެވެ. ޢާއިޝަތު ނަސީމާގެ ލިޔުއްވުންތައް ޢާންމުކޮށް ފެންނަން ފެށީ، 1999 ވަނަ އަހަރުން ފެށިގެންނެވެ. މިހާތަނަށް ތައްޔާރު ކުރައްވާފައިވާ، ކުޑަކުދިންގެ ވާހަކަ ފޮތްތަކުގެ ތެރޭގައި، "ހަށަނަރަ ދަސްކުރަމާ"، "ރާއްޖޭގައި ހެދޭ ބައެއް މޭވާ"، "ދިވެހި އޮޑި"، "ދިވެހި ބަދިގެ" ދެފޮތް، "ކިޔަމާ ކިޔަމާ"، "އަޅުގަނޑުގެ ކުޑަ"، "މިނިވަން ކަނޑުވެހި"، "ބަސްއެހުމުގެ ނަތީޖާ"، "ފަޅުތެރޭގެ ޢަޖާއިބު"، "އުފަން ދުވަހުގެ ހަދިޔާ" މިފޮތްތައް ހިމެނެއެވެ. މީގެއިތުރުން، 2000 ވަނަ އަހަރު، އެލް.ކޭ.ޖީ. އަށާއި، ޔޫ.ކޭ.ޖީ އަށް، ތަފާތު 8 ވައްތަރެއްގެ މަސައްކަތު ފޮތްތަކެއްވެސް ތައްޔާރު ކުރައްވާފައިވެއެވެ.

             ކުޑަކުދިންނަށް ޚާއްޞަ ފޮތް ލިޔުއްވައިގެން ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު 1999، 2000. 2002، 2003، 2004، 2006 ގައި، ޢާއިޝަތު ނަސީމާއަށް ލިބިވަޑައިގެންފައިވެއެވެ.