އަލްފާޟިލް ޢަލީ މޫސާ ދީދީ
ހ. ނަވާގަން

           ޢަލީ މޫސާދީދީ ލިޔުއްވުމުގެ މަސައްކަތް ފެށްޓެވީ، މަދްރަސީ ދައުރުގައެވެ. ނޫސް މަޖައްލާތަކަށް ލިޔުއްވަން ފެށްޓެވީ، 1957 ގައި އެންމެ ފުރަތަމަ ވިޔަފާރި މިއަދަށެވެ.

           ލިޔުއްވި ބައެއް ފޮތްތަކުގެ ތެރޭގައި، "ކަނޑުފަޅުގެ ދޯނި"، "ދިވެހި ލަކުޑި"، "ދިވެހިންގެ ވެރިކަމާއި ޤާނޫނީ ސަރުކާރު" މި ފޮތްތަކާއި، ދިގުވާހަކައިގެ ގޮތުގައި ލިޔުއްވި "ނުލިބުނު ވަލީ" އާއި، "ހަމަޖެހުން ލިބުނު ކާވެނި" މިފޮތްތައް ހިމެނެއެވެ. ދުވަހުނޫސް އާފަތިހަށާއި، މިއަދަށާއި، ހަވީރަށާއި، ފަތްތޫރަ މަޖައްލާއަށާއި، ޖަމާޢަތުގެ ޚަބަރަށް މިހާރުވެސް ޢަލީ މޫސާދީދީ ލިޔުއްވަމުން ގެންދަވައެވެ.

           އަދަބީ ރޮނގުން ޢަލީ މޫސާދީދީއަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ފުރަތަމަ ވާހަކަދެއްކުމުގެ މުބާރާތުން 1ވަނަ، ދިވެހިރާއްޖޭގެ 12 ވަނަ ޅެން ހެދުމުގެ މުބާރާތުން 1 ވަނަ، ދިވެހިރާއްޖޭގެ 18 ވަނަ ޤައުމީ ފޮތް އެކުލަވާ ލިޔުމުގެ މުބާރާތުން 1 ވަނަ، ރާއްޖޭގެ ވާހަކަ ލިޔުމުގެ 21 ވަނަ މުބާރާތުގެ ދިގުވާހަކަ ލިޔުމުން 1 ވަނަ ހޯއްދަވާފައިވެއެވެ. ދިވެހި ނޫސްވެރިކަމުގެ "ރަންގަލަން" ވެސް ޢަލީ މޫސާދީދީއަށް ލިބިވަޑައިގެންފައިވެއެވެ. ލިޔުއްވުމާއި، ޅެންހެއްދެވުމުގެ މަސައްކަތް ޢަލީ މޫސާދީދީ ކުރައްވާތާ 50 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.