![](https://storage.googleapis.com/presidency.gov.mv/Photos/188937_f6cc8a24-3_.png)
މއ. އަރިވަރު
މުޙައްމަދު އަޝްހަމް ޢަލީއަކީ ޢުމުރުން އެންމެ ދެ އަހަރުން ފެށިގެން ކީރިތި ޤުރްއާން އަޑުއަހައި، ޤުރްއާން ކިޔެވުމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ހުންނަ ކުއްޖެކެވެ. އަޝްހަމްގެ ޢުމުރުން ފަސް އަހަރުގައި، އޭރު ކިޔަވަމުން ގެންދިޔަ ދޮންދޫނި ޕްރީސްކޫލަށް ވަނީ ޤުރްއާން އެއްކޮށް ހިތުން ކިޔައިދީފައެވެ. ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ޤުރްއާން އެއްކޮށް ހިތުން ކިޔައިދިނުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން އެ އަހަރު އެކަން ނުކުރެވި މަޑުޖެހުނެވެ. ނަމަވެސް 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އާ ހިތްވަރަކާއެކު، އަޝްހަމް އަލުން ކީރިތި ޤުރްއާން މުރާޖަޢާ ކުރަން ފެށިއެވެ. ޙިފްޡު ކޮމިޓީއަށް ޤުރްއާން އެއްކޮށް ކިޔައިދީ ނިންމީ 2021 ފެބުރުވަރީ 18 ގައެވެ.