އަލްޙާފިޡް އަޙްމަދު ޒަވްލު
ޝަބްނަމީގެ ދ. ކުޑަހުވަދޫ

ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އުފެދުނީ، އެއްބަނޑުއެއްބަފާ ބޭބެ ޙާފިޡްކަމުގެ ސަނަދު ނެގުމަށްފަހު، ޤުރްއާން ހިތުދަސްކުރުމަށް ބާރުއެޅުމާ އެކުގައެވެ. އޭރު އުމުރުން އެންމެ 5 އަހަރެވެ. ޤުރްއާން ހިތުދަސްކުރުމުގެ މަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ޖަނަވަރީމަހު ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ 500 ޙާފިޡުންގެ ކުލާހުގައި ބައިވެރިވެގެންނެވެ. ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ދަސްކުރާ ކުލާހުގައި ބައިވެރިވެ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، ޤުރްއާން އެކީގައި ހިތުދަސްކޮށް ނިންމީ އުމުރުން 13 އަހަރުގައެވެ. އޭގެފަހުން މުރާޖަޢާކޮށް ނިންމައި ސަނަދު ހާސިލުކުރީ މިއަހަރުގެ ފެބުރުވަރީ މަހުއެވެ.

ޤުރްއާން ހިތުދަސްކުރުމުގައި އެންމެބޮޑު އެހީތެރިކަމެއް ވެދިނީ މަންމައާއި ބައްޕައެވެ. އެއަށްފަހު ދޮންބެއެވެ. އަދި ޓީޗަރުންގެ ފަރާތުން ލިބުނު އެހީތެރިކަންވެސް ފާހަގަކުރެއެވެ.