އަލްޙާފިޡާ ނަވާރު ފިރާޤް މުޙައްމަދުފުޅު
ވިންޓަރގްރީން ޅ. ނައިފަރު

ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޝައުޤުވެރިކަން އުފެދުނީ އުމުރުން އެންމެ ތިން އަހަރުގައެވެ. ތިން އަހަރު ފުރުނުއިރު، ޢައްމާފޮތް ހިތުދަސްކޮށް ނިންމިއެވެ. ޕްރީސްކޫލް ނިންމިއިރު ޤުރްއާނުން 9 ފޮތްވަނީ ހިތުދަސްވެފައެވެ. ޤުރްއާން އެއްކޮށް ހިތުދަސްކޮށް ނިމުނީ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ 15 ވަނަ ދުވަހުއެވެ. އޭރު އުމުރުން 12 އަހަރެވެ. އެއަށްފަހު، މުރާޖަޢާ ކުރުމުގައި ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދަށްފަހުގައްޔާއި، މެންދުރުފަހާއި ރޭގަނޑުގެ ވަގުތުތައް ހޭދަކުރިއެވެ. މުރާޖަޢާ ކުރުމަށް ހޭދަވީ 6 މަސްދުވަހެވެ.

މާތްﷲގެ ވާގިފުޅާއެކު، ޤުރްއާން ހިތުދަސްކޮށްދިނުމުގައި، އެންމެބޮޑު އެހީތެރިކަމެއް ވެދިނީ މަންމައެވެ. ޤުރްއާން ހިތުދަސްކޮށް، ޙާފިޡަކަށްވުމަކީ މަންމައާއި ބައްޕަގެ އެންމެބޮޑު އުއްމީދެވެ.