މެލޭޝިޔާގެ ސެގީ ޔުނިވަރސިޓީއިން އިންޖިނިއަރިންގގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވަމުން ގެންދަވާ މުޙައްމަދު އިޢުޖާދު ޔަޒީދަކީ، މިވަގުތު މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ލީޑަރުކަން އަދި ރާއްޖޭގެ ސްކައުޓް ޖަމާޢަތުގެ ހެޑްކްއާރޓަރ ކޮމިޝަނަރ ފޮރ އިންޓަރނޭޝަނަލް ސަޕޯޓްގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ޒުވާނެކެވެ. އިޢުޖާޒު، ސްކައުޓް ހަރަކާތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުއެވެ. އަދި 2014 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގެ ބެސްޓް އޯލްރައުންޑް ސްކައުޓަކަށް ހޮވިވަޑައިގެންފައިވެއެވެ. އެއަށްފަހު ރޯވަރ ސްކައުޓް ފަށްޓަވާފައިވަނީ އެ ސްކޫލްގައި 2017 ވަނަ އަހަރުއެވެ. 2017 ވަނަ އަހަރު އިޢުޖާދު ވަނީ ސްކައުޓް އެސޯސިއޭޝަންގެ ބޭސިކް ލީޑަރ ޓްރޭނިންގ ކޯސް ފުރިހަމަކުރައްވައި، މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ލީޑަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފަށްޓަވާފައެވެ. އަދި 2017 ވަނަ އަހަރު ވަނީ [ޕްރެޒިޑެންޓް ސްކައުޓް ބެޖް] ހާސިލުކުރައްވާފައެވެ.