ސްރީލަންކާގެ ފްލައި ސަދަން ފްލައިޓް އެކަޑަމީ އިން ޕައިލޮޓް ކަމުގެ ދާއިރާއިން ތަޢުލީމު ހާސިލު ކުރައްވަމުން ގެންދަވާ އިޒްޙާން ޢަބްދުﷲއަކީ މިހާރު ޢިމާދުއްދީން ސްކޫލްގެ ސްކައުޓް ލީޑަރުކަން އަދި ރާއްޖޭގެ ސްކައުޓް ޖަމުޢިއްޔާގެ ޔޫތު ކައުންސިލުގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ޒުވާނެކެވެ. އިޒްޙާން، ސްކައުޓް ޙަރަކާތާ ގުޅިވަޑައިގަތީ 2008 ވަނަ އަހަރުއެވެ. ރޯވަރ ސްކައުޓް ފަށްޓަވާފައިވަނީ، ޣިޔާޘުއްދީން ސްކޫލްގައި 2015 ވަނަ އަހަރުއެވެ. އެއަށްފަހު، 2017 ވަނަ އަހަރު ޢިމާދުއްދީން ސްކޫލްގެ ސްކައުޓް ގްރޫޕާ ގުޅިވަޑައިގެން، އެސްކޫލްގެ ރޯވަރ ސްކައުޓްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވިއެވެ. 2018 ވަނަ އަހަރު އިޒްޙާން ވަނީ ސްކައުޓް އެސޯސިއޭޝަންގެ ބޭސިކް ޓްރޭނިންގ ކޯސް ފުރިހަމަކުރައްވައި، ޢިމާދުއްދީން ސްކޫލްގެ ސްކައުޓް ލީޑަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވަން ފަށްޓަވާފައެވެ.