ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ޤާނޫނީ ދާއިރާއިން މިހާރު މަތީ ތަޢުލީމު ހާސިލު ކުރައްވަމުން ގެންދަވާ ޢަބްދުﷲ ޔާފިޡް އަޙްމަދަކީ، މިހާރު މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ލީޑަރުކަން އަދި ރާއްޖޭގެ ސްކައުޓް ޖަމުޢިއްޔާގެ ހެޑްކުއާރޓަރ ކޮމިޝަނަރ ފޮރ ފައިނޭންސްގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ޒުވާނެކެވެ. ޔާފިޡް، ސްކައުޓް ހަރަކާތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުއެވެ. އެއަށްފަހު، ރޯވަރ ސްކައުޓް ފަށްޓަވާފައިވަނީ މަޖީދިއްޔާ ސްކޫލްގައި 2017 ވަނަ އަހަރުއެވެ. 2018 ވަނަ އަހަރު ސައުތު ކޮރެއާގައި ބޭއްވުނު ވާރލްޑް ޔޫތު ކޭމްޕްގައި އަދި އެ އަހަރު ބޭއްވުނު އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ސްކައުޓް ޔޫތު ފޯރަމް އަދި ސްކައުޓް ކޮންފަރެންސްގައި ޔާފިޡް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޕްރެޒިޑެންޓްސް ސްކައުޓް ބެޖް، 2017 ވަނަ އަހަރު ޔާފިޡް ވަނީ ހާސިލު ކުރައްވާފައެވެ.