މުޙައްމަދު އަކްމަލް ނަޞީރު
މ. ސަނީކޯސްޓް

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 11 ގައި ތަޢުލީމު ހާސިލު ކުރައްވަމުން ގެންދަވާ މުޙައްމަދު އަކްމަލް ނަޞީރަކީ، އެ މަދަރުސާގެ ސްކައުޓް ގްރޫޕް ކަމަށްވާ 11 ވަނަ މާލެ ސްކައުޓް ގްރޫޕުން އެންމެ ފުރަތަމަ ޕްރެޒިޑެންޓްސް ސްކައުޓް ބެޖް ހާސިލު ކުރައްވާ ފަސް ސްކައުޓުންގެ ތެރެއިން އެއް ސްކައުޓެވެ.

2014 ވަނަ އަހަރު ސްކައުޓް ސެކްޝަނާ ގުޅިވަޑައިގަތުމަށްފަހު، 18 ފަންނީ ބެޖް ހާސިލުކުރައްވައި، [ސީނިއަރ ސްކައުޓް އެޕޮލެޓްސް] އަދި [ބުޝްމަންސް ތޯންގް] ހޯއްދަވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުނު ސްކައުޓް ކޭމްޕްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ޕްރެޒިޑެންޓްސް ސްކައުޓް ބެޖް ހާސިލު ކުރެއްވުމަށްޓަކައި އަކްމަލް ވަނީ ތަފާތު ގިނަ އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. ސްކޫލް ކުދިންގެ މަދަޙަ މުބާރާތްތަކުން ރަން ވަނަތައް ހޯއްދަވަމުން ގެންދަވާ އަކްމަލްއަކީ، ޢަރަބިއްޔާ ސްކޫލުގެ ޕްރިފެކްޓެކެވެ. އަދި ބްލޫހައުސްގެ ޑެޕިއުޓީ ކެޕްޓަންގެ އިތުރުން، ޢަރަބިއްޔާ ސްކޫލްގެ ސްކައުޓް ގްރޫޕްގެ ޕެޓްރޯލް ލީޑަރެކެވެ.