 އަލްޙާފިޡާ މަރްޔަމް ޙުސައިން
                އަލްޙާފިޡާ މަރްޔަމް ޙުސައިން 
                ޝެމްރޮކް ސ. ހިތަދޫ 
            ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ކޮންމެ އުމުރެއްގައިވެސް ކުރެވިދާނެ ކަމެއްކަން މަރްޔަމް ޙުސައިންވެސް ވަނީ ސާބިތުކޮށްދެއްވާފައެވެ. އުފަން ރަށް، އައްޑޫސިޓީ ހިތަދޫގައި ތިއްބެވި ޙާފިޡުންގެ ތެރެއިން ޚިދުމަތްތެރި ބޭފުޅަކު ރަށުގައި ހިންގަވަން ފެށްޓެވި ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން 15 ފޮތް ދަސްކުރެއްވިފަހުން މާލެއަށް ބަދަލުވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވިއެވެ. ދެން މަސައްކަތް ކުރިއަށް ގެންދެވީ ޤުރްއާނާބެހޭ މަރުކަޒުގެ އެހީތެރިކަމާ އެކުގައެވެ. ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިގެން، ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި ޤުރްއާން އެއްކޮށް ދަސްކުރައްވައި ނިންމަވައި، މުރާޖަޢާ ކުރެއްވުމުގެ މަސައްކަތް ފެށްޓެވީއެވެ. އަދި އޭގެފަހުން އިމްތިޙާނު ކޮމިޓީއަށް ކިޔައި ދެއްވައި ނިންމެވިއެވެ.